ޑޭޝްބޯޑުގެ އޯވަރވިއު

ޝެޑޯސަރވަރގެ ކޮންމެ ދުވަހެއްގެ ހަރަކާތްތަކާއި ގުޅިގެން ދުވަހުގެ ރިޕޯޓުގެ ގޮތުގައި ނެރޭ 100 އަށްވުރެ ގިނަ ރިޕޯޓްގެ މައްޗަށް އެކުލެވޭ މައިގަނޑު ޑާޓާސެޓުތަކުގެ މައްޗަށް ބިނާވެފައިވާ މަތީ ފެންވަރުގެ ތަފާސްހިސާބުތައް ޝެޑޯސަރވަރގެ ޑޭޝްބޯޑުން ލިބެން ހުރެއެވެ. މި ޑާޓާސެޓުތަކުން، އެކްސްޕޯޒްވެފައިވާ ހަމަލާގެ ސާފަސް، ވަލްނަރަބިލިޓީތައް، ރަގަޅަށް ކޮންފިގަރ ނުކުރެވި ހުންނަ ކަންތައްތައް، ނެޓްވާރކްތައް ކޮމްޕްރޮމައިޒްވުން އަދި ހަމަލާތަކުގެ އޮވްޒަވޭޝަންތައް ދެނެގަނެވެއެވެ. ރިޕޯޓުތަކުގެ ސިފައިގައި ހިއްސާކުރެވޭ މި ޑާޓާއިން ވަކި ނެޓްވާރކެއް ނުވަތަ ކޮންސްޓިޓުއެންސީއަކާއި ގުޅޭ ތަފުސީލީ އައިޕީ ފެންވަރުގެ މައުލޫމާތު ހުންނާނެއެވެ. ޝެޑޯސަރވަރގެ ޑޭޝްބޯޑުގައި މިހާ ތަފުސީލުކޮށް ޑާޓާ ހުށަހެޅޭކަށް ނުހުރެއެވެ. އޭގެ ބަދަލުގައި ޑޭޝްބޯޑުގައި ހުންނަނީ މި ހަރަކާތްތައް ދައްކުވައިދޭ މަތީ ފެންވަރުގެ ތަފާސްހިސާބެވެ. އެންމެ ފަހުގެ އަލަށް ފެންނަމުންދާ ނުރައްކާތަކާއި، ވަލްނަރަބިލިޓީތަކާއި، އިންސިޑެންޓް ނުވަތަ ހާދިސާތަކާއި މެދުގައި ފުން މައުލޫމާތު ފޯރުކޮށްދީ، ޖަމާއަތަށް ހާލަތާއި ބެހޭ ހޭލުންތެރިކަން ލިއްބައިދީ، ޝެޑޯސަރވަރއާއި ގުޅިގެން މަސައްކަތްކުރާ ފަރާތްތަކަކީ ކޮބައިކަން ހާމަނުކޮށް އެނޯނިމިޓީ ހިފަހައްޓައެވެ.

މަސްދަރުތަކާއި ޓެގްތައް

ޑާޓާ ހުށަހެޅުން އިންތިޒާމުކުރެވިފައި ހުންނަނީ މަސްދަރުތައް އަދި ޓެގުތަކުގެ މައްޗަށެވެ. މަސްދަރަކީ ކޮންމެވެސް ސިފައެއްގައި ހުންނަ ޑާޓާ ގްރޫޕިންގ އެކެވެ. މައިގަނޑު މަސްދަރުތަކަކީ honeypot އަދި population އަދި scan އަދި sinkhole އެވެ. އާބާދީ އަދި ސްކޭން އަކީ ސްކޭންގެ މައްޗަށް ބިނާވެފައިވާ ޑާޓާސެޓް ތަކަކަށް ވާއިރު، އާބާދީއަކީ ވަލްނަރަބިލިޓީ / ސަލާމަތީ އެސެސްމެންޓެއް ނުހުންނަ އެކްސްޕޯޝަރ އެންޑްޕޮއިންޓް ކައުންޓެކެވެ. އަދި 6 ގެ ސަފިކްސްއަކުން ތަމްސީލުކުރަނީ އައިޕީވީ6 ގެ ޑާޓާއެވެ. (އެ ސަފިކްސް ނުހުންނަ ހުރިހާ އެންޓްރީއެއްގައި ހަވާލާދެނީ އައިޕީވީ4 ގެ ޑާޓާއަށެވެ.)

ހުށަހެޅޭ ޑާޓާއާއި ގުޅޭ އިތުރު މައުލޫމާތު ނުވަތަ ކޮންޓެކްސްޓް ފޯރުކޯށްދޭ ޓެގުތައް މަސްދަރުތަކާއި އެކުގައި ހުރެދާނެއެވެ. މިސާލަކަށް، scan އަށް ހުންނަ ޓެގުތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ސްކޭންގެ ބާވަތްތައް (މިސާލަކަށް telnet އަދި ftp އަދި rdp ފަދަ ސްކޭންކުރެވޭ ޚިދުމަތްތައް/ޕްރޮޓޮކޯލްތައް ) ހިމެނެއެވެ. sinkhole އަށް ހުންނަ ޓެގުތަކުގެ ތެރޭގައި ސިންކްހޯލްއަކަށް ކަނެކްޓްކުރާ މެލްވެއަރގެ ފެމިލީ (މިސާލަކަށް adload އަދި andromeda އަދި necurs ފަދަ މެލްވެއަރ ފެމިލީގެ ބާވަތަކުން އިންފެކްޓްވެފައިވާ ހޯސްޓްތައް) ހިމެނެއެވެ.

ހުށަހެޅޭ ޑާޓާއާއިބެހޭ އިތުރު މައުލޫމާތު ޓެގުތަކުން ފޯރުކޮށްދެއެވެ.

މީގެ އިތުރަށް ވަލްނަރަބަލް ނުވަތަ ކޮމްޕްރޮމައިޒް ވެފައިވާ ހޯސްޓްތަކާއި މެދު ހެދޭ އޮބްޒަވޭޝަންތަކާއި ގުޅޭ އިތުރު މަސްދަރުގެ ގްރޫޕިންގތައް ވެސް އަހަރެމެން ތައާރަފުކުރަމެވެ. މިސާލަކަށް http_vulnerable ނުވަތަ compromised_website އެވެ. މީގައި އާންމުކޮށް ހުންނާނީ ސީދާ ވަކި ސީވީއީ ވަލްނަރަބިލިޓީތަކާއި، އަސަރު ފޯރާފައިވާ ވެންޑަރތަކާއި އުފެއްދުންތަކާއި ނުވަތަ ފެނިފައިވާ ބެކްޑޯރތަކާއި، ވެބްޝެލްތަކާއި ނުވަތަ އިމްޕްލާންޓްތަކާއި ބެހޭ ޓެގުތަކެވެ، މިސާލަކަށް http_vulnerable އަށް citrix ނުވަތަ cve-2023-3519 އެވެ.

އަހަރެމެންގެ ޑާޓާސެޓުތަކަށް ޑިޓެކްޝަން އިތުރުވާ ވަރަކަށް ޓެގުތައް ދާނީ ގިނަވަމުންނެވެ. މީގެ މާނައަކީ އިޚުތިޔާރުކުރަން އާ މަސްދަރުގެ ގިންތިތައް ވެސް ފެންނަން ހުންނާނެއެވެ. މިސާލަކަށް snmp އަކީ މަސްދަރު scan ގައި ފެންނަން ހުންނަ ޓެގަކަށް ވިޔަސް، އެއީ މަސްދަރެއްގެ ގޮތުގައި ވެސް ހިމަނާފައި ހުންނާނެއެވެ. މިގޮތުން ތަފުސީލީ އެސްއެންއެމްޕީ ސްކޭންގެ ނަތީޖާތައް، cve-2017-67366736 ފަދަ ވަލްނަރަބިލިޓީއަކާއި ގުޅިފައިވާ ސީދާ ވަކި އެސްއެންއެމްޕީ ސްކޭނެއްގެ ނަތީޖާތައް ފެންނާނެގޮތަށް ހުށަހެޅެއެވެ.

ޑާޓާގެ ބާވަތްތައް ނުވަތަ ކެޓަގަރީތަކަށް ހުރި އަވަސް ލިންކުތައް: ވާތްފަރާތުގެ ނެވިގޭޝަން ބާރ

ހުށަހެޅިފައިވާ ޑާޓާސެޓުތައް އެއްކުރެވިފައިވަނީ ބޮޑު ސްކޭލެއްގައި ޑާޓާ އެއްކުރުމުގެ މެތަޑްތައް ބޭނުންކޮށްގެންނެވެ. އޭގެތެރޭގައި ސިންކްހޯލިންގ، ސްކޭންކުރުން އަދި ހަނީޕޮޓްތައް ހިމެނެއެވެ. މި މައިގަނޑު ޑާޓާސެޓުތަކުގެ ކެޓަގަރީތައް ވާތްފަރާތުގެ ނެވިގޭޝަން ބާރގައި، ކޮންމެ ކެޓަގަރީއަކަށް ތަފާތު ވަކި ނިޝާނެއް ދީފައި، ފެންނަން ހުންނާނެއެވެ.

މަގުސަދަކީ ވަކި މަސްދަރު ކެޓަގަރީތަކަށް ފަސޭހަކަމާއިއެކު އަވަހަށް ދެވޭގޮތް ހެދުމެވެ. މިސާލަކަށް:

  • ސިންކްހޯލްތައް - މަސްދަރު sinkhole ގެ މައްޗަށް ގްރޫޕްކޮށްފައިވާ ޑާޓާސެޓުތަކުގެ ޖުމްލަ މަންޒަރެއް ދައްކުވައިދޭ. ވަކި ސިންކްހޯލެއްގެ ނަތީޖާ ޓެގެއް ނުވަތަ ޓެގުގެ ގްރޫޕެއް ޚިޔާރުކުރެއްވުމުން ފެނިވަޑައިގަންނަވާނެ.
  • ސްކޭންތައް - މަސްދަރު scan ގެ މައްޗަށް ގްރޫޕްކޮށްފައިވާ ޑާޓާސެޓުތަކުގެ ޖުމްލަ މަންޒަރެއް ދައްކުވައިދޭ. (މި ކެޓަގަރީއިން ދައްކުވައިދެނީ ކޮންމެވެސް ސަލާމަތީ މައްސަލަތަކެއް ދިމާވެފައިވާ ޚިދުމަތްތަކެއް ސްކޭން ކުރުމުން އައި ނަތީޖާތައް. މުޅި އާބާދީގެ ސްކޭންގެ ނަތީޖާ ބައްލަވާލެއްވުމަށް މަސްދަރު population ޚިޔާރުކުރައްވާ.) އޭގެފަހުގައި ސީދާ ވަކި ސްކޭނެއްގެ ނަތީޖާ ބައްލަވާލެއްވުމަށް ވަކި ޓެގެއް ނުވަތަ ޓެގުގެ ގްރޫޕެއް ޚިޔާރުކުރައްވާ.
  • ހަނީޕޮޓްތައް - މަސްދަރު honeypot ގެ މައްޗަށް ގްރޫޕްކޮށްފައިވާ ޑާޓާސެޓުތަކުގެ ޖުމްލަ މަންޒަރެއް ދައްކުވައިދޭ. އޭގެފަހުގައި ސީދާ ވަކި ހަނީޕޮޓެއްްގެ ނަތީޖާ ބައްލަވާލެއްވުމަށް ވަކި ޓެގެއް ނުވަތަ ޓެގުގެ ގްރޫޕެއް ޚިޔާރުކުރައްވާ.
  • ޑީޑޮސް - މަސްދަރު honeypot_ddos_amp ގެ މައްޗަށް ގްރޫޕްކޮށްފައިވާ ޑާޓާސެޓުތަކުގެ ޖުމްލަ މަންޒަރެއް ދައްކުވައިދޭ. މިއީ ވަކި ގައުމެއް/ސަރަހައްދެއްގައި ހުރި ލާމަސީލު (ޔުނީކް) ޓާގެޓްތަކަކަށް ފެންނަ އެމްޕްލިފިކޭޝަން ޑީޑޮސް ހަމަލާތަކެއް. އޭގެފަހުގައި، ބޭނުންކޮށްފައިވާ ވަކި އެމްޕްލިފިކޭޝަން މެތަޑް ބައްލަވާލެއްވުމަށް ވަކި ޓެގެއް ނުވަތަ ޓެގުގެ ގްރޫޕެއް ޚިޔާރުކުރައްވާ.
  • އައިސީއެސް - މަސްދަރު ics ގެ މައްޗަށް ގްރޫޕްކޮށްފައިވާ ޑާޓާސެޓުތަކުގެ ޖުމްލަ މަންޒަރެއް ދައްކުވައިދޭ. (މިއީ އިންޑަސްޓްރިއަލް ކޮންޓްރޯލް ސިސްޓަމްތަކުގެ ނޭޓިވްކޮށް ހުންނަ ޕްރޮޓޮކޯލްތައް ސްކޭންކުރުމުން އަންނަ ނަތީޖާތައް). އޭގެފަހުގައި، ބޭނުންކޮށްފައިވާ ނޭޓިވް ޕްރޮޓޮކޯލްތައް ބައްލަވާލެއްވުމަށް ވަކި ޓެގެއް ނުވަތަ ޓެގުގެ ގްރޫޕެއް ޚިޔާރުކުރައްވާ.
  • ވެބް ސީވީއީތައް - މިއިން http_vulnerable އަދި exchange ގެ މައްޗަށް ގްރޫޕްކޮށްފައިވާ ޑާޓާސެޓުތަކުގެ ޖުމްލަ މަންޒަރެއް ދައްކުވައިދޭ. މިއީ އަހަރެމެންގެ ސްކޭންތަކުން، ޚާއްސަކޮށް ސީވީއީ އިން، ފާހަގަކުރެވޭ ވަލްނަރަބަލް ވެބް އެޕްލިކޭޝަންތައް. ސީވީއީތައް ނުވަތަ އަސަރު ފޯރާފައިވާ އުފެއްދުންތައް ބައްލަވާލެއްވުމަށް ވަކި ޓެގެއް ނުވަތަ ޓެގުގެ ގްރޫޕެއް ޚިޔާރުކުރައްވާ.

ޑާޓާސެޓުތައް ގައުމުތަކަށް ވަކިން، ގައުމުތަކެއް އެކުލެވޭ ގްރޫޕްތަކަކަށް ވަކިން، ސަރަހައްދުތަކަށް ވަކިން، އަދި ކޮންޓިނެންޓްތަކަށް ވަކިން ބަހާލެވިދާނެއެވެ.

ކޮންމެ ޑާޓާސެޓެއް ވެސް ވަނީ “މި ޑާޓާއާއި ބެހޭ” ގައި ސިފަކޮށްދީފައެވެ.

މައުލޫމާތަށްޓަކައި ދަންނަވަމެވެ. ހައިލައިޓްކުރެވިފައިވާ ޑާޓާސެޓުތައް ފިޔަވައި އެހެން ޑާޓާސެޓުތައް ވެސް ލިބެން ހުންނާނެއެވެ. މިސާލަކަށް، މަސްދަރު beacon އިން އަހަރެމެންގެ ސްކޭންތަކުން ފެންނަ ޕޯސްޓް-އެކްސްޕޮލޮއިޓޭޝަން ފްރޭމްވާރކް ސީ2 ތައް އިތުރަށް ބައްލަވާލެއްވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މަސްދަރު compromised_website އިން އަހަރެމެންގެ ސްކޭންތަކުން ފެންނަ ކޮމްޕްރޮމައިޒްވެފައިވާ ވެބް އެންޑްޕޮއިންޓްތައް އިތުރަށް ބައްލަވާލެއްވުމުގެ ފުރުސަތު ލިބޭނެއެވެ.

މަތީގެ ނެވިގޭޝަން ބާރ

މަތީގައިވާ ނެވިގޭޝަން ބާރގައި ޑާޓާ ހުށަހެޅުމަށް ނުވަތަ ޕްރެޒެންޓްކުރުމަށް ބޭނުންކުރެވޭނެ ތަފާތު ވިޝުއަލައިޒޭޝަންގެ އިޚުތިޔާރުތައް ހިމެނިފައިވާއިރު، އާލާތް ދެނެގަތުމާއި އަދި ހަމަލާގެ އޮބްޒަވޭޝަނާއި ބެހޭ ޑާޓާސެޓުތަކުގެ ވިޝުއަލައިޒޭޝަންގެ އިޚުތިޔާރުތައް ވެސް ހިމެނިފައިވެއެވެ.

އާންމު ތަފާސްހިސާބުތައް

އާންމު ތަފާސްހިސާބުތަކުގައި، ތިރީގައިވާ ކަންކަން އިޚުތިޔާރުކޮށްގެން ކޮންމެ މަސްދަރެއް އަދި ކޮންމެ ޓެގެއް ތަސައްވަރުކުރުމަށް ނުވަތަ ވިޝުއަލައިޒްކުރުމުގެ ގާބިލިއްޔަތު ހިމެނިފައިވެއެވެ:

  • ދުނިޔޭގެ ޗާޓު - ޚިޔާރުކުރެވިފައިވާ މަސްދަރުތައް އަދި ޓެގުތައް ދައްކުވައިދޭ ދުނިޔޭގެ ޗާޓުގެ ޑިސްޕްލޭއެއް. ހިމެނިފައިވާ އިތުރު ބައިތައް ނުވަތަ ފީޗަރތަކުގެ ތެރޭގައި: ކޮންމެ މަސްދަރަކަށް އަދި ކޮންމެ ގައުމަކަށް ވަކިން އެންމެ އާންމު ޓެގު، އާބާދީއަށް ބިނާކޮށް ނޯމަލައިޒްވެފައިވާ މިންވަރު، ޖީޑީޕީ، ކަނެކްޓްވެފައިތިބި ބޭނުންކުރާމީހުން، އަދި އެހެން ވެސް މައުލޫމާތު ދައްކުވައިދޭގޮތަށް ޑިސްޕްލޭ ބަދަލުކުރުމުގެ ގާބިލްކަން. ކޮންމެ ގައުމަކަށް ވަކިން ހުންނަ ވެލިއުތައް ދައްކުވައިދިނުމަށް ޗާޓުގައިވާ މާކަރތައް ޚިޔާރުކުރެއްވިދާނެ.
  • ސަރަހައްދީ ޗާޓު - ގައުމުތައް ސަރަހައްދުތަކަށާއި އަދި ޕްރޮވިންސްތަކަށް ބަހާލާފައި ހުންނަ، ގައުމުގެ ޗާޓުގެ ޑިސްޕްލޭއެއް.
  • އަޅާކިޔާ ޗާޓު - ދެ ގައުމެއް އަޅާކިޔާ ޗާޓެއް
  • ވަގުތުގެ ސިލްސިލާ - ވަކި މުއްދަތެއްގެ ތެރޭ މަސްދަރުތައް އަދި ޓެގު އެކުވެފައި ހުންނަގޮތް ދައްކުވައިދޭ ޗާޓެއް. ތަފާތު ވައްތަރުގެ ޑާޓާ ގްރޫޕިންގ އަށް މީގައި ޖާގަދެވިފައިވޭ. (ހަމައެކަނި ގައުމުތައް ވަކިން އެކަންޏެއް ނޫން).
  • ވިޝުއަލައިޒޭޝަން - މީގައި ޑާޓާސެޓުތައް ތަހުލީލުކޮށް ބަލާނެ ކިތަންމެ ގޮތެއް ހިމަނާފައިވޭ. އޭގެތެރޭ ވަކި މުއްދަތަކަށް ހޯދިފައިވާ ވެލިއުތަކުގެ އެވްރެޖް ވެސް ހިމެނޭ. ޓޭބަލްތައް، ބާރ ޗާޓުތައް، ބަބްލް ޑައިގްރާމްތައް އަދި އިތުރު އެހެން ގޮތްގޮތަށް ޑާޓާ ދައްކުވައިދިނުމުގެ ގާބިލްކަން ހިމެނިފައިވޭ.

އައިއޯޓީ ޑިވައިސް ނުވަތަ އާލާތުގެ ތަފާސްހިސާބުތައް (ޑިވައިސް ނުވަތަ އާލާތް ދެނެގަތުމުގެ ތަފާސްހިސާބުތައް)

މި ޑާޓާސެޓާއި އަދި މިއާއި ގުޅިފައިވާ ވިޝުއަލައިޒޭޝަންތަކުން ދައްކުވައިދެނ،ީ އަހަރެމެންގެ ސްކޭންތަކުން ފާހަގަކުރެވިފައިވާ، އެކްސްޕޯޒްވެފައިވާ ވެންޑަރުން ނުވަތަ ޚިދުމަތްދޭ ފަރާތްތައް އަދި އެފަރާތްތަކުގެ އުފެއްދުންތަކުގެ މައްޗަށް ގްރޫޕްކުރެވިފައިވާ އެކްސްޕޯޒްވެފައިވާ އެންޑްޕޮއިންޓްތަކުގެ މައްޗަށް އެކުލެވޭ ކޮންމެ ދުވަހެއްގެ ސްނެޕްޝޮޓެކެވެ. ޑާޓާ ގިންތިކޮށްފައި ނުވަތަ ކެޓަގަރައިޒްކޮށްފައިވަނީ ވެންޑަރ ނުވަތަ ޚިދުމަތްދޭ ފަރާތް، މޮޑެލް އަދި ޑިވައިސް ނުވަތަ އާލާތުގެ ބާވަތުންނެވެ. މި މައުލޫމާތުތައް ހޯދާފައިވަނީ ތަފާތު އެކިގޮތްގޮތުންނެވެ. އޭގެތެރޭގައި ވެބް ޕޭޖުގެ ކޮންޓެންޓް، އެސްއެސްއެލް/ޓީއެސްއެލް ސެޓްފިކެޓްތައް، ފެންނަން ހުންނަ ބެނަރތައް ހިމެނެއެވެ. މި ޑާޓާސެޓުގައި ހިމެނެނީ ހަމައެކަނި އާބާދީގެ ޑާޓާއެވެ. އެކްސްޕޯޒްވެފައިވާ އެންޑްޕޮއިންޓާއި ބެހޭ އެއްވެސް ތަހުލީލެއް ކުރެވިފައި ނުވާނެއެވެ. (އެފަދަ ތަހުލީލު ނުވަތަ ދިރާސާތައް ހޯއްދެވުމަށް “އާންމު ތަފާސްހިސާބުތައް” ގެ ދަށުން، http_vulnerable ފަދަ މަސްދަރުތައް ޚިޔާރުކުރައްވާށެވެ.

“އާންމު ތަފާސްހިސާބުތައް” ގައިވާ ފަދަ އެހެން ވިޝުއަލައިޒޭޝަން ޗާޓުތައް ލިބެން ހުންނާނެއެވެ. މީގެ ތަފާތަކީ މަސްދަރުތައް އަދި ޓެގުތަކުގެ ބަދަލުގައި ޚިދުމަތްދޭ ފަރާތްތައް އަދި މޮޑެލްތައް އަދި އާލާތުގެ ބާވަތްތައް ވަކިން ބައްލަވާލެއްވޭނެ (އަދި ގްރޫޕްކުރެވޭނެ) ކަމެވެ.

ހަމަލާގެ ތަފާސްހިސާބުތައް: ބަލިކަށިކަން ނުވަތަ ވަލްނަރަބިލިޓީސް

މި ޑާޓާސެޓާއި އަދި މިއާއި ގުޅިފައިވާ ވިޝުއަލައިޒޭޝަންތަކުން ދައްކުވައިދެނ،ީ އަހަރެމެންގެ ހަނީޕޮޓް ސެންސަރ ނެޓްވާރކަށް ފެނިފައިވާ، ހަމަލާތަކުގެ މައްޗަށް އެކުލެވޭ، އަދި އެކްސްޕްލޮއިޓްކުރުމަށް ބޭނުންކޮށްފައިވާ ވަލްނަރަބިލިޓީތަކަށް ސަމާލުކަން ދީފައިވާ، ކޮންމެ ދުވަހެއްގެ ސްނެޕްޝޮޓެކެވެ. މީގެތެރޭ އެންމެ ގިނައިން ހަމަލާދެވޭ އުފެއްދުންތަކާއި އެހަމަލާ ދެވެނީ ކިހިނެއްކަން ހޯދައި ބެލުމުގެ ގާބިލްކަން (ހަމަލާ ދެވެނީ އެކްސްޕްލޮއިޓްކުރެވޭ ކޮން ބަލިކަށިކަމެއް ނުވަތަ ވަލްނަރަބިލިޓީއަކުން ކަން އަދި އޭގެތެރޭ އެކްސްޕްލޮއިޓްކުރެވެމުންދާ ސީދާ ވަކި ސީވީއީ ވެސް ހިމެނިފައި ހުރެދާނެ) އެކުލެވިގެންވެއެވެ. ހަމަލާތަކުގެ އުފެދުމުގެ މަސްދަރު ނުވަތަ ސޯސްއާއި ހަމަލާތައް ދާ މަންޒިލަށް ބިނާކޮށް ވެސް ޗާޓުތައް ބައްލަވާލެއްވޭނެއެވެ.

“އާންމު ތަފާސްހިސާބުތައް” ގައިވާ ފަދަ އެހެން ވިޝުއަލައިޒޭޝަން ޗާޓުތައް ލިބެން ހުންނާނެއެވެ. މީގެ ތަފާތަކީ މަސްދަރުތައް އަދި ޓެގުތައް ބޭނުންކުރުމުގެ ބަދަލުގައި ޚިދުމަތްދޭ ފަރާތްތައް އަދި ވަލްނަރަބިލިޓީ އަދި ހަމަލާގެ މަސްދަރު އަދި ހަމަލާގެ މަންޒިލް ވަކިން ބައްލަވާލެއްވޭނެ (އަދި ގްރޫޕްކުރެވޭނެ) ކަމެވެ.

ވިޝުއަލައިޒޭޝަންގެ އިތުރު ގިންތިއެއް ނުވަތަ ކެޓަގަރީއެއް ކަމަށްވާ މޮނިޓަރކުރުން ވެސް ވަނީ އިތުރުކުރެވިފައެވެ:

މިއީ އެންމެ އާންމުކޮށް އެކްސްޕްލޮއިޓްކުރެވޭ ބަލިކަށިކަން ނުވަތަ ވަލްނަރަބިލިޓީތައް، ހަމަލާ ދޭކަމަށް ފެންނަ ލާމަސީލު ނުވަތަ ޔުނީކް ސޯސް އައިޕީތަކަށް ބިނާކޮށް ގްރޫޕްކުރެވިފައިވާ (ނުވަތަ ކަނެކްޝަން އެޓެމްޕްޓްސް ސްޓެޓިސްޓިކްސްގެ އޮޕްޝަން އިޚުތިޔާރުކުރެއްވިނަމަ ހަމަލާދިނުމަށް މަސައްކަތްކުރާކަމަށް ފެނިފައިވާ ފަހަރުތައް ހިމަނާފައިވާ) ކޮންމެ ދުވަހަކަށް ވަކިން އަޕްޑޭޓްކުރެވޭ ޓޭބަލެކެވެ. މި ޑާޓާ ހޯދާފައިވަނީ އަހަރެމެންގެ ހަނީޕޮޓް ސެންސަރ ނެޓްވާރކުންނެވެ. މީގެ ތެރޭގައި ސީއައިއެސްއޭގެ އެނގިފައިވާ ވަލްނަރަބިލިޓީގެ މެޕިންގ (ރެންސަމްވެއަރ ހިންގާ ގްރޫޕަކުން ވަލްނަރަބިލިޓީއެއް އެކްސްޕްލޮއިޓްކުރާކަން އެނގިފައިވާނަމަ އެކަންވެސް ހިމަނާފައި) އަދި ހަމަލާ ދީފައިވަނީ ސަރވަރ އެޕްލިކޭޝަނެއްގެ ބަދަލުގައި އައިއޯޓީ އާލާތަކަށް ކަމަށްވާނަމަ އެކަން ވެސް ހިމަނާފައިވާނެއެވެ.

އާންމުކޮށް ޑިސްޕްލޭއިން ފެންނަން ހުންނާނީ މުޅި ދުނިޔޭގައި ވެސް އެންމެ އާންމުކޮށް އެކްސްޕްލޮއިޓްކުރެވޭ ވަލްނަރަބިލިޓީތަކެވެ. ނަމަވެސް ބޭނުންނަމަ ވަކި ގައުމަކަށް ވަކިން ނުވަތަ ވަކި ގްރޫޕިންގ އަކަށް ފިލްޓަރ ކުރެވިދާނެއެވެ. ނުވަތަ އެނޯމަލީގެ ޓޭބަލެއް ވެސް ފެންނަގޮތް ހެދިދާނެއެވެ.

ހަމަލާގެ ތަފާސްހިސާބުތައް: އާލާތްތައް

މި ޑާޓާސެޓާއި އަދި މިއާއި ގުޅިފައިވާ ވިޝުއަލައިޒޭޝަންތަކުން ދައްކުވައިދެނީ، އަހަރެމެންގެ ހަނީޕޮޓް ސެންސަރ ނެޓްވާރކަށް ފެނިފައިވާ، ހަމަލާތަކުގެ ބާވަތްތަކުގެ މައްޗަށް އެކުލެވޭ، ކޮންމެ ދުވަހެއްގެ ސްނެޕްޝޮޓެކެވެ. މި އާލާތްތަކުގެ ފިންގަރޕްރިންޓިންގ ހަދަނީ އަހަރެމެން ކޮންމެ ދުވަހަކު ކުރާ ސްކޭންތަކުންނެވެ. މި ޑާޓާސެޓުތައް ބޭނުންކޮށްގެން ވަކި ހަމަލާތަކުގެ ބާވަތްތައް، އާލާތް ވިއްކާ ނުވަތަ ޚިދުމަތްދޭ ފަރާތްތައް ނުވަތަ މޮޑެލްތަކަށް ބިނާކޮށް ޓްރެކްކުރެވޭނެއެވެ. އަދި ގައުމުތަކަށް ބަލައިގެން ފިލްޓަރކުރެވޭނެއެވެ.

“އާންމު ތަފާސްހިސާބުތައް” ގައިވާ ފަދަ އެހެން ވިޝުއަލައިޒޭޝަން ޗާޓުތައް ލިބެން ހުންނާނެއެވެ. މީގެ ތަފާތަކީ މަސްދަރުތައް އަދި ޓެގުތައް ބޭނުންކުރުމުގެ ބަދަލުގައި ހަމަލާގެ ބާވަތް އަދި އާލާތުގެ ވިއްކާ ނުވަތަ ޚިދުމަތްދޭ ފަރާތް ނުވަތަ މޮޑެލް ވަކިން ބައްލަވާލެއްވޭނެ (އަދި ގްރޫޕްކުރެވޭނެ) ކަމެވެ.

ވިޝުއަލައިޒޭޝަންގެ އިތުރު ގިންތިއެއް ނުވަތަ ކެޓަގަރީއެއް ކަމަށްވާ މޮނިޓަރކުރުން ވެސް ވަނީ އިތުރުކުރެވިފައެވެ:

މިއީ އެންމެ އާންމުކޮށް ހަމަލާދޭ ޑިވައިސްތައް ނުވަތަ އާލާތްތައް ކަމަށް، ހަމަލާ ދޭކަމަށް ފެންނަ ލާމަސީލު ނުވަތަ ޔުނީކް ސޯސް އައިޕީތަކަށް ބިނާކޮށް ގްރޫޕްކުރެވިފައިވާ (ނުވަތަ ކަނެކްޝަން އެޓެމްޕްޓްސް ސްޓެޓިސްޓިކްސްގެ އޮޕްޝަން އިޚުތިޔާރުކުރެއްވިނަމަ ހަމަލާދިނުމަށް މަސައްކަތްކުރާކަމަށް ފެނިފައިވާ ފަހަރުތައް ހިމަނާފައިވާ) ކޮންމެ ދުވަހަކަށް ވަކިން އަޕްޑޭޓްކުރެވޭ ޓޭބަލެކެވެ. މި ގިންތި ނުވަތަ ކެޓަގަރީގައި ދައްކުވައިދޭ ހުރިހާ ޑާޓާސެޓެކޭ އެއްގޮތަށް މި ޑާޓާ ހޯދާފައިވަނީ އަހަރެމެންގެ ހަނީޕޮޓް ސެންސަރ ނެޓްވާރކުންނެވެ. މި ޑާޓާ ގްރޫޕް ކުރެވިފައިވަނީ ފެންނަ ހަމަލާގެ ބާވަތް، ވެންޑަރ ނުވަތަ ވިއްކާ ނުވަތަ ޚިދުމަތްދޭ ފަރާތް އަދި މޮޑެލް (މައުލޫމާތު ލިބެންހުރިނަމަ) ގެ މައްޗަށެވެ. ހަމަލާދޭ އާލާތް އަހަރެމެން ފާހަގަކުރަނީ، ފެންނަ އައިޕީތަކާއި، ކޮންމެ ދުވަހަކު އަހަރެމެން ކުރާ ޑިވައިސް ސްކޭން ފިންގަރޕްރިންޓިންގ ގެ ނަތީޖާއާއި (“އައިއޯޓީ އާލާތްތަކުގެ ތަފާސްހިސާބުތައް” ބައި ބައްލަވާލައްވާ) އަޅާކިޔައިގެންނެވެ.

އާންމުކޮށް ޑިސްޕްލޭއިން ފެންނަން ހުންނާނީ، ހަމަލާދޭތަން ފެންނަ، އެންމެ އާންމުކޮށް ހަމަލާދޭ އާލާތްތަކެވެ (މަސްދަރުތަކަށް ވަކިން). (މީގެތެރޭ އަހަރެމެންނަށް ވަކި އާލާތެއް ފާހަގަނުކުރެވޭ ނުވަތަ މިސާލަކަށް ހަމައެކަނި ވެންޑަރ ފާހަގަކުރެވޭ ފަހަރުތައް ވެސް ހިމަނާފައިވާނެއެވެ). ބޭނުންނަމަ ވަކި ގައުމަކަށް ވަކިން ނުވަތަ ވަކި ގްރޫޕިންގ އަކަށް ފިލްޓަރ ކުރެވިދާނެއެވެ. ނުވަތަ އެނޯމަލީގެ ޓޭބަލެއް ވެސް ފެންނަގޮތް ހެދިދާނެއެވެ.

ޝެޑޯސަރވަރ ޑޭޝްބޯޑު ޑިވެލޮޕްކުރުމަށް ފައިސާ ހޭދަކޮށްފައިވަނީ ޔޫކޭ އެފްސީޑީއޯ އިންނެވެ. އައިއޯޓީ އާލާތުގެ ފިންގަރޕްރިންޓިންގ ތަފާސްހިސާބުތައް އަދި ހަނީޕޮޓް ހަމަލާގެ ތަފާސްހިސާބުތަކަށް ފައިސާ ހޭދަކޮށްފައިވާ ދެވަނަ ފަރާތަކީ ޔޫރަޕިއަން ޔޫނިއަންގެ ކަނެކްޓިންގ ޔޫރަޕް ފެސިލިޓީއިން (a href="https://www.variot.eu/">އީޔޫ ސީއީއެފް ވީއޭއާރއައިއޯޓީ މަޝްރޫއު) ނެވެ.

ޝެޑޯސަރވަރ ޑޭޝްބޯޑުގައި ބޭނުންކުރާ ޑާޓާ ފޯރުކޮށްދޭ ހުރިހާ ބައިވެރިންނަށް ވެސް އަހަރެމެން ޝުކުރުވެރިވަމެވެ. އޭގެތެރޭގައި (އޭބީސީގެ ތަރުތީބުން) އެޕްނިކް ކޮމިއުނިޓީ ފީޑްސް، Bitsight، ސީއައިއެސްޕީއޭ، އިފް-އިޒް.ނެޓް، ކްރިޕްޓޯސް ލޮޖިކް، ސެކިއުރިޓީސްކޯރކާޑު، ޔޮކޮހާމާ ނޭޝަނަލް ޔުނިވަރސިޓީ އަދި ކާކުކަން ހާމަކުރަން ބޭނުންނުވާ ހުރިހާ ފަރާތްތަކެއް ވެސް ހިމެނެއެވެ.

އެނަލިޓިކްސް އެއްކުރުމަށްޓަކައި ޝެޑޯސަރވަރ އިން ކުކީތައް ބޭނުންކުރެއެވެ. މީގެ ސަބަބުން ސައިޓް ބޭނުންކުރެވޭ ގޮތް މިނެކިރައި، ސައިޓް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ ރަގަޅުކުރުމަށް އެހީއަކަށްވެއެވެ. ކުކީތަކާއި ބެހޭގޮތުން އަދި ޝެޑޯސަރވަރއިން ކުކީތައް ބޭނުންކުރާ ގޮތާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް އަޅުގަނޑުމެންގެ ޒާތީ މައުލޫމާތާއި ބެހޭ ސިޔާސަތު ބައްލަވާލައްވާށެވެ. މިގޮތަށް ތިބޭފުޅާގެ ޑިވައިސް ނުވަތަ އާލާތުގައި ކުކީ ބޭނުންކުރުމަށްޓަކައި ތިބޭފުޅާގެ ހުއްދަ އަޅުގަނޑުމެންނަށް ބޭނުންވާނެއެވެ.