ހަމަލާދިނުމަށް ބޭނުންކުރާ އާލާތްތައް
މޮނިޓަރކުރުން
މި ޑާޓާއާއި ބެހޭ
ހަމަލާދޭ އާލާތާއިބެހޭ މައުލޫމާތު ހޯދަނީ އަހަރެމެން ކުރާ އައިއޯޓީ އާލާތުގެ ފިންގަރޕްރިންޓިންގ ސްކޭންތައް މެދުވެރިކޮށެވެ. ވަކި އައިޕީއަކުން އަހަރެމެންގެ ހަނީޕޮޓް ސެންސަރުތައް ނުވަތަ ޑާރކްނެޓް (“ނެޓްވާރކް ޓެލެސްކޯޕް” ވެސް ކިޔާ) ސިސްޓަމްތަކަށް ހަމަލާދޭތަން ފެނުމުން، އެ އައިޕީއާއި ގުޅޭ އެންމެ ފަހުގެ ސްކޭންގެ ނަތީޖާތަކާއި އަޅާ ބަލައި، އެ އާލާތުގެ މޭކް-އެންޑް-މޮޑެލް (އުފައްދާފައިވާ ކުންފުންޏާއި އޭގެ މޮޑެލްފަދަ މައުލޫމާތު) ދެނެގަނެވެއެވެ. ނަމަވެސް މިއީ 100% ސައްހަ ދިރާސާއަކަށް ނުވެ ހިނގައިދާނެއެވެ. އެއީ ޑިވައިސް ޗަރންއާއި ޕޯޓް ފޯވާޑިންގ (ތަފާތު ޕޯޓްތަކުން ގިނަ ބާވަތްތަކެއްގެ އާލާތްތަކެއް ރެސްޕޮންޑްކުރަން ނުވަތަ ޖަވާބުދޭން ފެށުން) ގެ ސަބަބުންނެވެ. އަދި ހަގީގަތުގައި އިންފެކްޓްވެފައިވަނީ ނުވަތަ ހަމަލާއަށް ބޭނުންކުރަނީ އެ އާލާތުގެ އައިޕީގެ ފަހަތުގައިވާ އާލާތެއް (އެންއޭޓީ) ކަމަށް ވެސް ވެދާނެއެވެ.