އެހީ

މިސާލުތަކުގެ ގޮތުގައި ބޭނުންކުރެވޭ ކުއެރީތައް

މިސާލު: އެކްސްޗޭންޖް ސާވަރތައް

އާންމު ތަފާސްހިސާބުތައް · ވަގުތުގެ ސިލްސިލާ

IPv4 ގެ އަދަދު ދައްކުވައިދޭ ސްޓެކްޑް ގްރާފެއް &؛ ކޮންމެ ދުވަހަކު ވެސް ކުރީ ހަފުތާގެ މުއްދަތުގައި، މުޅި ދުނިޔޭގައި، ރެސްޕޮންޑްކުރާކަމަށް ނުވަތަ އިޖާބަދޭކަމަށް ފާހަގަކުރެވޭ އައިޕީވީ6 ގެ އެޑްރެސްތައް، ސީވީއީ-2023-36439 ގެ ގޮތުގައި ޓެގުކުރެވިފައިވާ.

އާންމު ތަފާސްހިސާބުތައް · ވިޝުއަލައިޒް ކުރުން · ޓޭބަލް

IPv4 ގެ އަދަދު ދައްކުވައިދޭ ޓޭބަލެއް &؛ ކޮންމެ ދުވަހަކު ވެސް ކުރީ ދުވަހުގެ މުއްދަތުގައި، މުޅި ދުނިޔޭގައި، ރެސްޕޮންޑްކުރާކަމަށް ނުވަތަ އިޖާބަދޭކަމަށް ފާހަގަކުރެވޭ އައިޕީވީ6 ގެ އެޑްރެސްތައް، ސީވީއީ-2023-36439 ގެ ގޮތުގައި ޓެގުކުރެވިފައިވާ.

އާންމު ތަފާސްހިސާބުތައް · ޓްރީ މެޕް

IPv4 ގެ އަދަދު ދައްކުވައިދޭ ޓްރީ މެޕެއް &؛ ވަކި ތާރީޚެއްގައި ފާހަގަކުރެވޭ އައިޕީވީ6 ގެ އެޑްރެސްތައް، ސީވީއީ-2023-36439 ގެ ގޮތުގައި ޓެގުކުރެވިފައި، ކޮންމެ ގައުމެއްގެ އަދަދުތައް އެ އަދަދުތަކުގެ ނިސްބަތުން ތަމްސީލުކުރެވިފައި.

ވަކި ގައުމެއްގެ ބައި ނުވަތަ ސެގްމެންޓަށް ފިއްތާލުމުން މަސްދަރުތައް ބެހިފައިވާ ގޮތް ދައްކުވައިދޭ އަދި ސީއައިއޭގެ ވާރލްޑް ފެކްޓްބުކް އިން ހޯދާފައިވާ އާންމު ތަފާސްހިސާބުތައް ދައްކުވައިދޭ.

މިސާލު: އެކްސްޕޯޒްވެފައިވާ ނުވަތަ ނުރައްކަލަށް ހުށަހެޅިފައިވާ ސީޑަބްލިއުއެމްޕީ އާލާތްތައް

އާންމު ތަފާސްހިސާބުތައް · ވަގުތުގެ ސިލްސިލާ

2 އަހަރުގެ މައްޗަށް އެކުލެވޭ (ޕަބްލިކް ޑޭޝްބޯޑުގައި ހިމެނޭ އެންމެ ދިގު މުއްދަތު) ތާރީޚީ ޑާޓާ ދައްކުވައިދޭ ޓައިމްލައިނެއް - މި މިސާލުގައި ސައޫދި އަރަބިއާގައި، ކޮންމެ ދުވަހެއްގައި ފާހަގަކުރެވޭ، އެކްސްޕޯޒްވެފައިވާ ސީޑަބްލިއުއެމްޕީ އާލާތްތަކުގެ އައިޕީ އެޑްރެސްތައް ދައްކުވައިދޭ.

ނޯޓް: ސީޑަބްލިއުއެމްޕީ އެކްސްޕޯޒްވާ މިންވަރާއި ގުޅިގެން ޖެނުއަރީ 2023 ނިމުނުއިރު ވަރަށްބޮޑަށް ކަންކަން ރަގަޅުވެފައިވާކަން މި ގްރާފުން ދައްކުވައިދޭ

މިސާލު: އެމްއައިއެސްޕީ އިންސްޓެންސްތައް

އައިއޯޓީ އާލާތްތަކުގެ ތަފާސްހިސާބުތައް · ވިޝުއަލައިޒް ކުރުން · ބާރ ޗާޓު

ވަރަށް ގިނަ އަދަދެއްގެ އާލާތްތައް އަދި ސޮފްޓްވެއަރ ސޮލިއުޝަންތައް ސްކޭންކުރުމުގެ ތެރޭގައި ފިންގަރޕްރިންޓްކުރެވިދާނެއެވެ. މި ގްރާފުން ދައްކުވައިދެނީ (ލޮގްއެރިތުމިކް ސްކޭލެއްގައި)، ވޭތުވެދިޔަ މަހުގެ ތެރޭގައި، އެވްރެޖްކޮށް ކޮންމެ ދުވަހަކު، އެމްއައިއެސްޕީ އިންސްޓެންސްތައް ރަންކޮށްގެން ފާހަގަކުރެވިފައިވާ އައިޕީ އެޑްރެސްތަކުގެ އަދަދެވެ.

މިސާލު: ނަހަމަގޮތުގައި ބޭނުންހިފާފައިވާ ބަލިކަށިކަން (އެކްސްޕްލޮއިޓެޑް ވަލްނަރަބިލިޓީސް)

ހަމަލާގެ ތަފާސްހިސާބުތައް: ބަލިކަށިކަން ނުވަތަ ވަލްނަރަބިލިޓީސް · މޮނިޓަރކުރުން

އެކްސްޕްލޮއިޓް ކުރެވިދާނެފަދަ ބަލިކަށިކަން ނުވަތަ ވަލްނަރަބިލިޓީތަކުގެ ތެރެއިން އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކޮށްފައިވާ އެންމެ މަތީ 100 ވަލްނަރަބިލިޓީތައް (އަހަރެމެންގެ ހަނީޕޮޓްތަކުގައިވާ ޝެޑޯސަރވަރ މޮނިޓަރތަކުގެ ތެރެއިން)، ވޭތުވެދިޔަ ދުވަހުގެތެރޭ ހަމަލާދެމުންދިޔަ ޔުނީކް ނުވަތަ ލާމަސީލު އައިޕީތަކުގެ އަދަދަށް ބަލައިގެން ފުރަތަމަކޮޅު ދަރަޖަކޮށްފައި ނުވަތަ ސޯރޓްކޮށްފައި.

ޗާޓު ނުވަތަ މެޕްގެ އޮޕްޝަނަށް ފިއްތާލުމުން “މަސްދަރު” އާއި “މަންޒިލް” ގެ ހޯސްޓް ބާވަތްތަކަށް (ހަމަލާދޭ އައިޕީގެ ޖިއޯލޮކޭޝަނާއި ހަނީޕޮޓްގެ އައިޕީގެ ޖިއޯލޮކޭޝަން)، އެކަތިން އަނެކައްޗަށް، މި ޚިދުމަތް ބޭނުންކުރާ މީހާއަށް ދެވޭނެއެވެ.

ނޯޓު: ހަމަލާދޭ ޖިއޯލޮކޭޝަނަކީ ހަމަލާދޭ ފަރާތުގެ ހަގީގީ ޖިއޯލޮކޭޝަނަށް ވެދާނެއެވެ. އަދި ނުވެ ވެސް ހިނގައިދާނެއެވެ.

މިސާލު: ހިނގާ އިވެންޓްތައް މާނަކުރުން

އިވެންޓްތައް މާނަކުރުމުގައި ޑޭޝްބޯޑު ބޭނުންކުރުން: އެކްސްޕޯޒްވެފައިވާ ސީޑަބްލިއުއެމްޕީ އާލާތްތައް (ހީވާގޮތުގައި ވާވޭ ހޯމް ރައުޓަރތަކެއް) އެނޯމަލީއެއް ފަދައިން މިސްރުގައި އިތުރުވުން އަދި އޭގެފަހުގައި ހަމަ އެގައުމުގެ ތެރެއިން އުފެދިގެން މިރާއީ ހަމަލާތައް އައުން.

ނޯޓް: ޝެޑޯސަރވަރ އިން މިސްރުގެ އެންސީއެސްއައިއާރުޓީ އާއި އެކުގައި މަސައްކަތްކޮށް މިކަން އެފަރާތުގެ ސަމާލުކަމަށް ގެނެސް & ފަރުވާއެއް ހޯދައިދިނުމަށް މަސައްކަތްކުރި.

އައިއޯޓީ އާލާތްތަކުގެ ތަފާސްހިސާބުތައް · ވަގުތުގެ ސިލްސިލާ

2023-01-05 ގައި ނުވަތަ އެ ދުވަސްވަރުގައި މިސްރުގެ އައިޓީ އިންފްރާސްޓްރަކްޗަރގައި އެކްސްޕޯޒްވެފައިވާ އައިއޯޓީ އާލާތްތައް ގިނަވަމުންދާކަން ފާހަގަކުރެވުނު.

ކުއެރީ

އައިއޯޓީ އާލާތްތަކުގެ ތަފާސްހިސާބުތައް · ޓްރީ މެޕް ޚިދުމަތްދޭ ފަރާތްތައް ނުވަތަ ވެންޑަރތައް ވަކިން

ތާރީޚުތަކުގެ ތެރެއިން ފަހަތަށް އަދި ކުރިޔަށް ދިއުމުން އެގުނީ މި އާލާތްތައް ވުން އެންމެ އެކަށީގެންވަނީ 2023-01-05 އިން ފެށިގެން އަލަށް ނެޓްވާރކްގައި ފެންނަން ފެށި ވާވޭ އާލާތްތަކެއް ކަން.

ކުއެރީ

އާންމު ތަފާސްހިސާބުތައް · ވަގުތުގެ ސިލްސިލާ

ސްކޭންކުރުމުން ފެނުނު އެކްސްޕޯޒްވެފައިވާ ސީޑަބްލިއުއެމްޕީ ޑިޓެކްޝަންތަކުގެ ސްޕައިކް ނުވަތަ އިތުރުވުންތައް 2023-01-05 ގެ އިތުރުވުމާއި މެޗުވޭ ނުވަތަ ގުޅޭ.

ކުއެރީ

މިސްރުގެ ކޮމްޕްރޮމައިޒްވެފައިވާކަމަށް ޝައްކުކުރެވޭ އާލާތްތަކުން މިރާއީ ހަމަލާތަކާއި ބްރޫޓް ފޯރސް ހަމަލާތައް ދޭން ފަށާތަން ޝެޑޯސަރވަރގެ ހަނީޕޮޓް ސެންސަރތަކަށް ފާހަގަކުރެވުނު.

ކުއެރީ

އަދި ހަމައެއާއި ގުޅޭގޮތަށް މިސްރުގެ ކޮމްޕްރޮމައިޒްވެފައިވާ އާލާތްތަކުން ޓެލްނެޓް ބްރޫޓް ފޯރސް ގެ ހަމަލާތައް ފެށިގެން އަންނަތަން ވެސް ފާހަގަކުރެވުނު.

ކުއެރީ

ތަފާތު ގިނަގުނަ މަސްދަރުތައް ބޭނުންކޮށްގެން އަދި ޓެގާއި އޯވަރލެޕިންގ އޮޕްޝަންތައް ޚިޔާރުކޮށްގެން، އެއް ގްރާފެއްގައި މި އޮބްޒަވޭޝަންތައް ނުވަތަ ފާހަގަކުރެވުނު ކަންތައްތައް ރެންޑަރކުރެވިދާނެ.

ކުއެރީ

މިސާލު: ޚާއްސަ ރިޕޯޓުތައް

ބައެއްފަހަރަށް ޝެޑޯސަރވަރއިން އެންމެ ފަހަރަކު ނެރޭ ރިޕޯޓެއްގެ ގޮތުގައި ޚާއްސަ ރިޕޯޓެއް ނެރެއެވެ. މި ޑާޓާ އަހަރެމެން އެކްސް/ޓްވިޓަރ ގައި އަދި އަހަރެމެންގެ ވެބްސައިޓުގައި އިއުލާންކުރަމެވެ. ނަމަވެސް އެ އިވެންޓަށްފަހުގައި އެކަމާއި ގުޅޭ ތާރީޚުތައް ބައްލަވަން ބޭނުން ވެދާނެއެވެ. އެ ތާރީޚުތައް ހޯދޭނެ އެއްގޮތަކީ ޚާއްސަ ރިޕޯޓުތަކުގެ ތާރީޚުތައް ހޯދުމަށް ވަގުތު ސިލްސިލާގެ ބޭނުންކުރެއްވުމެވެ. ދެން އެ ތާރީޚުތައް އެއް ދުވަހުގެ ތަފާސްހިސާބަށް އެކަށޭނަ އެހެން ގޮތަކަށް (މިސާލަކަށް މެޕްތަކާއި ޓްރީ މެޕްތައް) ބަދަލުކޮށްލުމެވެ. ޚާއްސަ ރިޕޯޓުތަކުގެ މަސްދަރު ޑޭޝްބޯޑުގައި ހުންނާނީ special ގެ ގޮތުގައެވެ.

ވަގުތުގެ ސިލްސިލާގެ ޗާޓަކުން ޚާއްސަ ރިޕޯޓްތައް ހޯދުމަށް ސާރޗްކުރުން:

ކުއެރީ

2024-01-29 ގައި ފެނުނު ޚާއްސަ ރިޕޯޓެއްގެ މިސާލަކަށް ބިނާކޮށް ހަދާފައިވާ ޓްރީ މެޕެއް:

ޚާއްސަ ރިޕޯޓްތަކުގެ ލިސްޓެއް ހޯދުމަށް އަހަރެމެންގެ މައި ވެބްސައިޓު ގައިވާ ރިޕޯޓުތަކުގެ ލިސްޓު މުރާޖައާކުރައްވާ. ޚާއްސަ ރިޕޯޓުތަކުގައި “ޚާއްސަ” ޖަހާފައި ހުންނާނެ.

މިސާލު: ވަގުތުގެ ސިލްސިލާ (ޓައިމް-ސީރީސް) ގެ ޗާޓުތައް

މަތީ ކޮންޓްރާސްޓް ޓޮގްލްކުރުން ނުވަތަ ބަދަލުކުރުން

އައުޓްޕުޓްގެ ވަގުތުގެ ސިލްސިލާގެ ޗާޓުތައް އާންމުކޮށް ހުންނާނީ މަޑު އަޅިކުލައެއް އެކްސިސް ރޮނގުތަކުގައި ޖައްސާފައެވެ. “މަތީ ކޮންޓްރާސްޓް ޓޮގްލްކުރޭ” އިޚުތިޔާރުކޮށްގެން، އެކްސިސް ރޮނގުތަކުގެ ކުލަ ކަޅުކުލައަށް ބަދަލުކުރެވިދާނެއެވެ. ރިޕޯޓުތަކުގައި ޗާޓުތައް ބޭނުންކުރުމަށް ކަޅުކުލަ ފަސޭހަވުން އެކަށީގެންވެއެވެ.

ވިޒިބިލިޓީ ނުވަތަ ފެންނަމިންވަރު ޓޮގްލްކުރުން ނުވަތަ ބަދަލުކުރުން

ވަގުތުގެ ސިލްސިލާ ޗާޓެއްގައި ގިނަގުނަ ޑާޓާގެ ސިލްސިލާއެއް ހުށަހަޅާފައިވާނަމަ ކޮންމެ ޑާޓާ ސިލްސިލާއެއް ވަކިން ތިރީގައި އެގޭގޮތަށް ނަންޖަހާފައި ހުންނާނެއެވެ. “ވިޒިބިލިޓީ ޓޮގްލްކުރޭ ނުވަތަ ބަދަލުކުރޭ” އިޚުތިޔާރުކޮށްގެން، ފެންނަން ހުންނަ ވިއު އިން ހުރިހާ ޑާޓާ ސިލްސިލާއެއް އަންސިލެކްޓް ކުރެވިދާނެއެވެ.
އޭގެފަހުގައި ޗާޓުގެ ތިރީގައިވާ ނަންތަކަށް ފިއްތާލައިގެން ދައްކަން ބޭނުން އައިޓަމްތައް ދައްކާލެވޭނެއެވެ. ޚިޔާރުކުރައްވާ ޑާޓާ ސިލްސިލާ / ކޮމްބިނޭޝަންތަކާއި ގުޅޭ ގޮތަށް ސްކޭލް އަމިއްލައަށް އޮޓޯއިން ބަދަލުވެގެންދާނެއެވެ.

ސްޓެކިންގ ޓޮގްލްކުރުން ނުވަތަ ބަދަލުކުރުން

ވަގުތުގެ ސިލްސިލާގެ ޗާޓެއްގައި ތަފާތު ގިނަގުނަ ޑާޓާގެ ސިލްސިލާއެއް ހުށަހަޅާފައިވާނަމަ، އޯވަރލެޕްވާ ޑާޓާ (ސްޓެކްކޮށްފައިވާ ޑާޓާސެޓުތަކާއި ޚިލާފަށް) ބެލުމަށް ދެގޮތެއް ވެއެވެ. ފުރަތަމަ ގޮތަކީ ސްކްރީންގެ ވާތްފަރާތުގައިވާ “އޯވަރލެޕިންގ” ޓޮގްލް ފިތް ނުވަތަ ބަޓަން ބޭނުންކުރުމެވެ. އޭރުން ކޮންމެ ޑާޓާސެޓަކަށް ވަކިން ސާފު ރޮނގުތަކާއި އެކުގައި ޗާޓުތައް އުފެދިގެންދާނެއެވެ.
ދެވަނަ ގޮތަކީ، ހެމްބަރގަރ ސިލެކްޓަރގެ “ސްޓެކިންގ ޓޮގްލްކުރޭ” އޮޕްޝަން ބޭނުންކޮށްގެން، ކޮންމެ ޑާޓާސެޓަކަށް ވަކި ކުލައެއް ހުންނަ ޗާޓުތަކެއް ތައްޔާރުކުރުމެވެ. ބޭނުންކުރައްވާ ޑާޓާއަށް ބިނާކޮށް، ރަގަޅު ޗާޓުތަކެއް ތައްޔާރުކުރުމަށް ތަފާތު އެޕްރޯޗް ބޭނުންކުރަން ޖެހިދާނެއެވެ.

ޝެޑޯސަރވަރ ޑޭޝްބޯޑު ޑިވެލޮޕްކުރުމަށް ފައިސާ ހޭދަކޮށްފައިވަނީ ޔޫކޭ އެފްސީޑީއޯ އިންނެވެ. އައިއޯޓީ އާލާތުގެ ފިންގަރޕްރިންޓިންގ ތަފާސްހިސާބުތައް އަދި ހަނީޕޮޓް ހަމަލާގެ ތަފާސްހިސާބުތަކަށް ފައިސާ ހޭދަކޮށްފައިވާ ދެވަނަ ފަރާތަކީ ޔޫރަޕިއަން ޔޫނިއަންގެ ކަނެކްޓިންގ ޔޫރަޕް ފެސިލިޓީއިން (a href="https://www.variot.eu/">އީޔޫ ސީއީއެފް ވީއޭއާރއައިއޯޓީ މަޝްރޫއު) ނެވެ.

ޝެޑޯސަރވަރ ޑޭޝްބޯޑުގައި ބޭނުންކުރާ ޑާޓާ ފޯރުކޮށްދޭ ހުރިހާ ބައިވެރިންނަށް ވެސް އަހަރެމެން ޝުކުރުވެރިވަމެވެ. އޭގެތެރޭގައި (އޭބީސީގެ ތަރުތީބުން) އެޕްނިކް ކޮމިއުނިޓީ ފީޑްސް، Bitsight، ސީއައިއެސްޕީއޭ، އިފް-އިޒް.ނެޓް، ކްރިޕްޓޯސް ލޮޖިކް، ސެކިއުރިޓީސްކޯރކާޑު، ޔޮކޮހާމާ ނޭޝަނަލް ޔުނިވަރސިޓީ އަދި ކާކުކަން ހާމަކުރަން ބޭނުންނުވާ ހުރިހާ ފަރާތްތަކެއް ވެސް ހިމެނެއެވެ.

އެނަލިޓިކްސް އެއްކުރުމަށްޓަކައި ޝެޑޯސަރވަރ އިން ކުކީތައް ބޭނުންކުރެއެވެ. މީގެ ސަބަބުން ސައިޓް ބޭނުންކުރެވޭ ގޮތް މިނެކިރައި، ސައިޓް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ ރަގަޅުކުރުމަށް އެހީއަކަށްވެއެވެ. ކުކީތަކާއި ބެހޭގޮތުން އަދި ޝެޑޯސަރވަރއިން ކުކީތައް ބޭނުންކުރާ ގޮތާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް އަޅުގަނޑުމެންގެ ޒާތީ މައުލޫމާތާއި ބެހޭ ސިޔާސަތު ބައްލަވާލައްވާށެވެ. މިގޮތަށް ތިބޭފުޅާގެ ޑިވައިސް ނުވަތަ އާލާތުގައި ކުކީ ބޭނުންކުރުމަށްޓަކައި ތިބޭފުޅާގެ ހުއްދަ އަޅުގަނޑުމެންނަށް ބޭނުންވާނެއެވެ.